October 16, 2008 by އަހަންމާބެ
ރޭ އައްޑޫ އަތޮޅު ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ވަތަން އެދޭގޮތަށް މި ޝިޢާރުގެ ދަށުން ގުޅިފައިވާ ޕާޓީތަކާ ރިޔާސީ ކެންޑިޑޭޓުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް އަދި ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި މައުމޫން އަބްދުލް ގައްޔޫމާ ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އައްނި) ވިދާޅުވީ އެމަނިކްފާނު މިއިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކްފާނުގެ ދައުރުގެ މެދުތެރެއިން ރައްޔިތުން އެދޭފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާދޭނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކްފާނު އެއްވެސް ހާލެއްގައި ރައްޔިތުން އުންމީދުކުރާ ސިޔާސީ ލީޑަރުންގެ ވެރިކަމަށް ހުރަސްއަޅާމީހެއް ކަމުގަ ނުވާނެކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވީކީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫންކަމަށެވެ.
Posted in ހަބަރު, ރިޔާސީ ކެންޑިޑޭޓުން, ސިޔާސީވާހަކަތައް | Leave a Comment »
October 14, 2008 by އަހަންމާބެ

ރަމްޞާންމަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމްގައި 2004 ވަނަ އަހަރު މައުމޫނު ދެއްކިވާހަކަ މިހާރު ހަނދާން ނެތުނީބާ!
Posted in ވިސްނަމާ, ސިޔާސީވާހަކަތައް | 3 Comments »
October 13, 2008 by އަހަންމާބެ
ވޯޓުލުމުގެ މުހިންމު މަސްއޫލިއްޔަތާ ބެހޭގޮތުން ޤާނޫނީގޮތުންނާ ދީނީގޮތުން ދިވެހިރައްޔިތުން ވިސްނާންޖެހޭ ކަންތައްތަކާ އަދި އެކަމާމެދު މަރުހޫމް އިބްރާހީމް ޝިހާބު ކުރެއްވި އިލްތިމާސް!
Posted in ވިސްނަމާ, މައުލޫމާތު, ސިޔާސީވާހަކަތައް | Leave a Comment »
October 13, 2008 by އަހަންމާބެ

ދާދި ދެންމެއަކު ވަރަށް މުޢަތަބަރު ފަރާތަކުން މައުލޫމާތު ލިބުނު ގޮތުގައި މިރޭ އެމްޑީޕީ އިއްތިހާދާ، އަދި އެއިއްތިހާދަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސަޕޭޓްކުރާ ޖުމުހޫރީ ގުޅުމާއެކު ބާއްވާ ހަފްލާގައި ޑރ.ހަސަން ސައީދުވެސް ބައިވެރިވާނެއެވެ. މިގޮތަށް ޑރ.ހަސަން ސައީދު ނިންމެވީ ވަރަށް ގިނަބަޔަކު ޑރ.ހަސަން ސައީދު މިހާތަނަށް ބޭއްވުނު ކޯލިޝަންގެ ނޫސްކޮންފަރެންސް ތަކުންނާއި ބައްދަލުވުންތަކުން ނުފެނުމުން މިކަމާ ބެހޭގޮތުން އެކިފާޑުފާޑުގެ ވާހަކަތައް ދައްކަމުން ދާތީއެވެ. މީގެ ކުރިން ޑރ.ހަސަން ސައީދު ވިސްނަވާފައި އޮތީ އަމިއްލަފުޅަށް އެމްޑީޕީ އިއްތިހާދަށް ސަޕޯޓް ހޯއްދަވައި ދިނުމަށެވެ. އެހެންނަމަވެސް މިހެން މިކަން ކުރެއްވުމުން މައުމޫނު 2008ގެ ކޭމްޕޭނުގެ ފަރާތުންވަނީ ރައްޔިތުންގެ ހިތްތަކުގައި އިތުރު ސުވާލުތައް އުފައްދައި ޝައްކުތަށް އުފެއްދުމަށް ގިނަގުނަ މަސައްކަތް ތަކެއް ކޮށްފައެވެ.
Posted in ހަބަރު, ރިޔާސީ ކެންޑިޑޭޓުން, ސިޔާސީވާހަކަތައް | Leave a Comment »
October 12, 2008 by އަހަންމާބެ
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން 28 އޮކްޓޯބަރވާ އަންގާރަ ދުވަހުގެ ހެނދުނު 9:00ން ރޭގަނޑު 8:30 ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވައިފިއެވެ.
މިހެން ހަމަޖައްސަވާފައިވަނީ 29 އޮކްޓޯބަރ އަކީ ރާއްޖޭގެ ގިނައަދަދެއްގެ ކިޔަވާކުދިން ކޭމްބްރިޖް އޯލެވެލް އިމްތިހާނު ފެށޭދުވަހަށް ވެފައި އެދުވަހު އިންތިހާބު ބޭއްވުމުން ގިނަބަޔަކަށް އުނދަގޫތަކާ ކުރިމަތިވާނެތީ ކަމަށް އިލެކްޝަނުން ހާމަކުރެއްވިއެވެ.
Posted in ހަބަރު | Leave a Comment »