މައުމޫން 2008 ކޭމްޕެއިންގެ ޑެޕިއުޓީ މީޑިޔާ މެނޭޖަރު އަލީ ވަހީދު ނުވަތަ އޭނާގެ ރައްޓެހިން ކިޔާގޮތުންނަމަ ‘ބަލަކް’ އަކީ ވަރަށް ދެފުއްދެގޮތް ސިޔާސަތެއް ގެންގުޅޭ މީހެއްކަން މިހާރު ސާބިތުވެ ނިމިއްޖެއެވެ. މިހެން މިދަންނަވަނީ އޭނާގެ ހަޔާތުން ބައެއް އަޅުގަނޑަށް އެނގިހުރި ހާލުގައެވެ. ނިކަން ހިއްވަރެއް ހުރިއްޔާ ﷲ ގަންދީ މިކަންތައް ދޮގުކޮށް ބަލާށެވެ.އަލީ ވަހީދު މަސައްކަތްކުރަނީ ރައީސް އޮފީހުގައެވެ. އަދި މަތީ ތައުލީމު ހާސިލްކުރަން ދިޔައީވެސް ސަރުކާރުގެ އެހީގައެވެ. މިދަންނަވަނީ އަލީ ވަހީދު މެލޭޝިޔާގެ ލިމްކޮކްވިން ޔުނިވާސިޓީ ކޮލެޖްގައި ކިޔެވި ދުވަސްވަރުގެ ވާހަކަ ތަކެކެވެ. އެއީ މީގެ މާގިނަ ދުވަސްތަކެއްގެ ވާހަކަ ތަކެއްވެސް ނޫނެވެ. ލިމްކޮކްވިން ގައި ކިޔެވި އަދި މިހާރުވެސް ކިޔަވަމުންދާ ކުދީންގެ ތެރެއިން އަލީ ވަހީދު ދަންނަ ގިނަ ކުދިންނަށް މިވާހަކަ ތަކުގެ ހަގީގަތް އެނގޭނެއެވެ.
ކުއްލި ގޮތަކަށް ޖެހުނު ބައްޔެއްފަދައިން މައުމޫނަށް ސަޕޯޓުކޮށް، ސަނާކިޔައި، ރެސްލިން މެޗްތަކަށްވެސް އަރަންތައްޔާރޭ ބުނެ ހެދިޔަސް މި އަލީ ވަހީދަކީ ކުރިޔަކުން މިވައްތަރަކަށް އުޅުނު މީހެއް ނޫނެވެ. މީނަޔަކީ މީގެ ކުރިން އިންތިހާޔަށް މައުމޫނުދެކެ ނަފުރަތުކުރާ އަދި އެއްޗިހި ކިޔައި އުޅުނު މީހެކެވެ. އަދި މީނާވަނީ މައުމޫނުގެ މުސްކުޅި ކަމާ ނާގާބިލުކަމާ ކަންތައްތައް ކުރާގޮތުގެ ދޯހަޅި ވާހަކަދައްކާ މައުމޫނު ވެރިކަމުން ބާލަން ބޭނުންވާ ވާހަކަވެސް ދައްކާފައެވެ.
މީނާ ކިޔަވަން އުޅުނުދުވަސް ވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާން ފެށި ދުވަސްވަރެވެ. އަދި ބޭރުގައުމުތަކުގައި ކިޔަވަމުން ދިޔަ ގިނަދިވެހީންނާއި ވަޒަންވެރިވެގެން ތިބި ދިވެހީން ސިޔާސީ ކަންތައްތަކާ ބެހޭގޮތުން ބަހުސް ކޮށް މައުމޫނުގެ ވެރިކަން ބަދަލުކުރެވޭނެ ގޮތަކާމެދު ފިކުރުކުރަމުން ދިޔަދުވަސްވަރެވެ. ސިޔާސީ ބަހުސްތައް ދިވެހީންގެ ތެރޭގައި އެންމެ ބޮޑުވެގެން ދިޔަ އެއްތަނަކީ މެލޭޝިޔާއެވެ. އެގޮތުން ތަފާތު ފޮޓޯތަކާ، ވެބްސައިޓްތަކާ، ބްލޮގްތައް މެލޭޝިޔާގައި ތިބި ބައެއްދިވެހިން އެމީހުން ސަޕޯޓްކުރާފަރާތްތައް ރަމްޒުކޮށް ހަދަމުން ދިޔައެވެ. އަލީ ވަހީދަކީ މީގެ ތެރެއިން ޕުޗޯންގް، ސައިބޭރިޔާ ސަރަހައްދުގައި މައުމޫނާ ދެކޮޅައް އެންމެ ބޮޑަށް އަޑުއުފުލި މީހާއެވެ. މިގޮތަށް މީނާ ކުރި ވަރަށް ގިނަ ބަހުސްތައް ނިމިގެން ގޮސްފައި ހުރީ ޒާތީގޮތުން އެހެންމީހުންނާ ޖެހި ފިތި ބާރުވެގެންނެވެ. ދެމީހުން ދޭތެރޭގައި އޮންނަ އެކުވެރިކަން ކެނޑި ގިނަދުވަސްތަކެއްވަންދެން އެކަކު އަނެކަކު ވާހަކަ ނުދައްކާ އެކަކުއަނެކަކުގެ މެދުގައި ނަފްރަތުކަން އުފެދިގެންނެވެ. މިގޮތުން ކުރެވުނު ގިނަ ބަހުސްތަކުގައި މައުމޫނުގެ ދިފާއުގައި ވާހަކަދައްކާފައިވާ އެކަކީ ރާއްޖޭގެ ގިނަބަޔަކު އަޑު އަހާފައިވާ ހަވީރު ނުހުގެ މަޝްހޫރު ލިޔުންތެރިޔާ މޫސާ ލަތީފެވެ. މޫސައަކީ އަލީ ވަހީދާއެކު އެއްކުލާހެއްގައި ކިޔަވަމުން ދިޔަމީހެކެވެ. ކޮންމެއަކަސް މިމީހުންގެ ދެމެދުގައި ކުރެވުނު ގިނަބަހުސް ތަކެއްގެ ސަބަބުން މޫސަ ވަނީ އޭނާ ކުރިން ދިރިއުޅެމުން ދިޔަ ޕުޗޯންގް ދޫކޮށް ސައިބޭރިޔާ އަށްވެސް ބަދަލުވެފައެވެ. އަދި މޫސަޔާ އަލީ ވަހީދާ ދެމީހުންގެ މެދުގައި ވަރަށް ގަދަޔަށް ޒުވާބުކޮށް ދެމީހުން އެކެކު އަނެކަކާ ވާހަކަނުދައް ކާތަވެސް ވަރށް ގިނަދުވަސްވެސް ވެއްޖެއެވެ. އެހެނަސް މިހާރު އަލީ ވަހީދު މައުމޫނަށް ސަނާކިޔަން ފެށުމުން މޫސައާ ދެމީހުން ޖެހިފައިވާ މައްސަލަތަށް ނިމި އެކުވެރިވާނެ ކަމަށް ބެލެވެއެވެ.
ބެލެވޭގޮތުގައި އަލީ ވަހީދު މައުމޫނަށް ސަޕޯޓުކުރަން މިފެށީ ސަރުކާރުން އޭނާޔާ، އޭނާގެ އާއިލާޔަށް ލިބޭ އިނާޔަތްތަކުގެ ސަބަބުންނާ އަދި ނުފޫޒުގަދަ މަގާމެއްގެ ބޭނުމުގައެވެ. އެހެނީ އޭނާގެ ބައްޕަ އަކީވެސް މައުމޫނުގެ ވަރަށް އަރިސްމީހެކެވެ. އަދި އޮންނަ ގާތްކަމެއްގެ ބޮޑުކަމުން އޭނާގެ ގެވެސް ހަދާފައިވަނީ ސަރުކާރުގެ ހަރަދުގައެވެ.
މައުމޫން 2008ގެ ކެމްޕެއިން ފުރަތަމަބުރަށް ނިންމާލިއިރު އަލީ ވަހީދު ބުނެފައިވަނީ އޭނާ މައުމޫނާ ދެކޮޅައް ވާހަކަ ދައްކާތަން އެއްވެސް މީހަކަށް ނުފެންނާނެކަމެށެވެ. އަދި އެފަދަ ދުވަހަކުން އެނާވާނީ ގަމީހަކަށެވެ. އަލީ ވަހީދެވެ. މިހާރު ތިހިރީ ގަމީހަކަށްވެ ނިމިފައެވެ.

varah best report eh. he is the best i guess he will benext president. i wish him all the best.