Feeds:
Posts
Comments

Archive for September, 2008

ކުއްލި ޙަބަރު:

އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމު އެޕާޓީއަކަށް ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހެއްދެވި ޕީޕަލްސް އެލައަންސް (ޕީއޭ) ގުޅިގެން ކޯލިޝަނެއް ގާއިމުކޮށްފިއެވެ.
މިހެން މިކަން ދިމާވުމުން ކުރިން ބައެއްފަރާތްތަކުން ތުހުމަތުކުރެއްވި ފަދައިން ޔާމީން ސަރުކާރުން އިސްތިއުފާ ދެއްވައި ޕާޓީއެއް ހެއްދެވުމުގެ ފަހަތުގައި ވަނީ ސިޔާސީ ރޭވުމެއްކަމަށް ވަރަށްބޮޑަށް ޤަބޫލު ކުރެވިއްޖެއެވެ. ގިނަބަޔަކު ދެކޭގޮތުގައި ޔާމީން ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ސިޔާސީ ޕާޓީއެއް ހަދާފައިވަނީ އިދިކޮޅު [...]

Read Full Post »

މިއަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޑީ.އާރް.ޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ މއ ކިނބިގަސްދޮށުގޭ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމަކީ ޤާނޫން އަސާސީގައި ބުނެފައިވާ ޝަރުތު ފުރިހަމަނުވާ ބޭފުޅެއް ކަމަށް ބުނެ އަދާލަތު ޕާޓީން އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ. އަދާލަތު ޕާޓީން ބުނާގޮތުގައި މައުމޫން ޢަބްދުލް ޤައްޔޫމަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީގެ 109 ވަނަ މާއްދާގައިވާ “ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން” މި ޝަރުތު ފުރިހަމަނުވާ ބޭފުޅެކެވެ. އަދާލަތު ޕާޓީން [...]

Read Full Post »

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓަކަށް އެޕާޓީގެ އެންމެ އިސްސަފުގައި މަސައްކަތް ކުރައްވާ އަހުމަދު ރިޒްވީ ހަމަޖައްސައިފިއެވެ. ރިޒްވީ އަކީ ކުރިން ސިފައިންގޭގައި ހަރަކާތެތެރިވުމަށްފަހު، ޕްރައިވެޓް ސެކްޓާރގައި މެނޭޖަރު ފެންވަރުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އުމަރު ވިދާޅުވީ ރަނިންމޭޓެއް ހޮވުމުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ، ޕާޓީގެ ތެރެއިން އޭނާގެ ސިޔާސަތު ދެމެހެއްޓޭނެވަރުގެ ޤާބިލްކަން ހުރިމީހަކު ހަމަޖެއްސުމަށެވެ.
މިލިޔުމާމެދު ތިޔަބޭފުޅުންގެ ޙިޔާލު ހުށަހަޅުއްވާ!

Read Full Post »

ކުއްލި ޙަބަރު:
ޙަބަރު ނަގާފައިވަނީ ވޮއިސް އޮފް މޯލްޑިވްސް އިން، ޙަބަރު ހަދާފައިވަނީ ޝެހެނާޒު ޢަބްދުއްރަޙުމާނު:

މުޅިރާއްޖެއަށް ބްރޯޑްކާސްޓް ކުރި ސިޔާސީ ޕްރޮގަރާމެއްގައި ވާހަކަ ދައްކަމުން މޯލްޑިވްސް ނެޝެނަލް ކޮންގްރެސްގެފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ރައީސްމައުމޫނުގެ އާއިލާގެ ބޭފުޅުންގެ އަބުރުފުޅާ ބެހިވަޑައިގެންފައިވާކަމަށް ތުހުމަތު ކޮށް މިމައްސަލަ ދެ މުއައްސަސާއަކަށް ހުށަޅާފައިވާކަމަށް ރައީސް މައުމޫނުގެ އާއިލާގެ ފަރާތުން އެއާއިލާގެ ލީގަލް އެޑްވައިޒަރު މުޙައްމަދު ފިޒާންވިދާޅުވެއްޖެއެވެ. އެއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މަދަނީކޯޓު ކަމަށް އޭނާވިދާލުވިއެވެ. އެޕްރޮގްރާމުގައި ވާހަކަދެއްކި ޕާޓީގެ މައްސަލަ މާދަމާ އިލެކްޝަން [...]

Read Full Post »

ރައީސް މައުމޫން ޢާޔަތެއް ހައްދަވައި ޙުދޫދާއި ޤިޞާޞްގެ މައްސަލަ ރައްޔިތުންނަށް އޮޅުވާލެއްވި ކަމަށް އަދާލަތް ޕާޓީން ބުނެފިއެވެ. މިހެން އަދާލަތު ޕާޓީން ބުނެފައިވަނީ 16 ސެޕްޓެމްބަރު 2008 ވަނަދުވަހު ޓީވީއެމްއިން ވަގުތުން ގެނެސްދިން ‘ސިޔާސްތު’ ޕްރޮގްރާމްގައި ރައީސް މައުމޫން ޙުދޫދުއާއި ޤިޞާޞްގެ މައްސަލައިގައި އެންމެ ހެޔޮކަންބޮޑު ގޮތަކީ މާފުކުރުން ކަމުގައި ވިދާޅުވަމުން މައުމޫން ވިދާޅުވީ ޢަރަބި އިބާރާތަށް އަލިއަޅުވާ ލަމުންނެވެ. އަދާލަތު ޕާޓީން ބުނާގޮތުގައި އެޕްރޮގްރާމްގައި މައުމޫނު ވިދާޅުވި ޢަރަބި އިބާރާތް وَأَنْ تَعْفُواْ خَيْرٌ لَكُمْ [...]

Read Full Post »

Older Posts »