ބަރަކާތްތެރި ޢީދުގެ ހެޔޮދުޢާ ތަހާނިޔާ ރާއްޖެލައިވްގެ އެންމެހާ ކިޔުންތެރިންނާ އެންމެހާ މުސްލިމުންނަށް އަރިސް ކުރަމެވެ

Posted in މެސެޖް | Leave a Comment »
އިންތިހާބު ކުރެވިފައިވާ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދުގެ ކެބިނެޓް ތިރީގައި މިވާގޮތަށް މިއަދު އިއުލާން ކުރައްވައިފިއެވެ.
01. މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޤާސީމް އިބްރާހިމް. (ޖުމްހޫރީ ޕާޓީ)
02. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަލްފާޟިލް އަލީ ޙާޝިމް. (އެމްޑީޕީ)
03. މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަހުމަދު ޝަހީދު. (ޑރ.ހަސަން ސައީދު)
04. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑޮކްޓަރ އައިމިނަތު ޖަމީލު. (އެމްޑީޕީ)
05. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝިނަލް ސެކިއުރިޓީ އަލްފާޟިލް އަމީން ފައިސަލް. (އެމްޑީޕީ)
06. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުސްތަފާ ލުތުފީ. (ޤައުމީ އިއްތިހާދު)
07. އެޓާނީޖެނެރަލް އަލްއުސްތާޒާ ފާތުމަތު ދިޔާނާ ސަޢީދު. (ޖުމްހޫރީ ޕާޓީ)
08. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ރަޝީދު. (ޤައުމީ އިއްތިހާދު)
09. މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ އަހުމަދު އަލީ ސަވާދު. (ޖުމްހޫރީ ޕާޓީ)
10. މިނިސްޓަރ އޮފް ހިޔުމަންރިސޯސަސް،ޔޫތު އެންޑް ސްޕޯރޓްސް އަލްއުސްތާޒު ހަސަން ލަތީފު. (ސޯޝަލް ލިބަރަލް ޕާޓީ)
11. މިނިސްޓަރ އޮފް ހައުސިން،ޓްރާންސްޕޯރޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙައްމަދު އަސްލަމް. (އެމްޑީޕީ)
12. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒް ޑޮކްޓަރ އިބްރާހިމް ދީދީ. (އެމްޑީޕީ)
13. މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރ މުހައްމަދު ޖަމީލު އަހުމަދު. (ޑރ.ހަސަން ސައީދު)
14. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ. (ޢަދާލަތު ޕާޓީ)
އަޅުގަނޑުގެ ނަޒަރު:
އެކުލަވާލެވިފައިވާ ކެބިނެޓުގެ މެމްބަރުންގެ ތެރެއިން ޑރ.މުސްތަފާ ލުތުފީ،ޑރ.އިބްރާހީމް ދީދީ އަދި ޑރ.އަހުމަދު އަލީ ސަވާދުގެ ބަދަލުގައި އެޔަށްވުރެ އެމަގާމްތަކަށް ޤާބިލުބޭފުން ތިއްބަވާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. އެހެނަސް ގިނަ ޕާޓީތަކަކަށް މަގާމްތަށް ބަހާލާއިރު މިފަދަ ގޮތެއްވާނެކަމީ ހަމަޔަގީން ކަމެކެވެ.
Posted in ހަބަރު, ސިޔާސީވާހަކަތައް | Leave a Comment »
ކެންޑިޑޭޓް ނަންބަރ 1- އަލްއުސްތާޒް މައުމޫނު އަބްދުލްގައްޔޫމް
ކެންޑިޑޭޓް ނަންބަރ 2- މުހައްމަދު ނަޝީދު – އައްނި
Posted in ހަބަރު, މައުލޫމާތު | Leave a Comment »
މައުމޫން 2008 ކޭމްޕެއިންގެ ޑެޕިއުޓީ މީޑިޔާ މެނޭޖަރު އަލީ ވަހީދު ނުވަތަ އޭނާގެ ރައްޓެހިން ކިޔާގޮތުންނަމަ ‘ބަލަކް’ އަކީ ވަރަށް ދެފުއްދެގޮތް ސިޔާސަތެއް ގެންގުޅޭ މީހެއްކަން މިހާރު ސާބިތުވެ ނިމިއްޖެއެވެ. މިހެން މިދަންނަވަނީ އޭނާގެ ހަޔާތުން ބައެއް އަޅުގަނޑަށް އެނގިހުރި ހާލުގައެވެ. ނިކަން ހިއްވަރެއް ހުރިއްޔާ ﷲ ގަންދީ މިކަންތައް ދޮގުކޮށް ބަލާށެވެ.އަލީ ވަހީދު މަސައްކަތްކުރަނީ ރައީސް އޮފީހުގައެވެ. އަދި މަތީ ތައުލީމު ހާސިލްކުރަން ދިޔައީވެސް ސަރުކާރުގެ އެހީގައެވެ. މިދަންނަވަނީ އަލީ ވަހީދު މެލޭޝިޔާގެ ލިމްކޮކްވިން ޔުނިވާސިޓީ ކޮލެޖްގައި ކިޔެވި ދުވަސްވަރުގެ ވާހަކަ ތަކެކެވެ. އެއީ މީގެ މާގިނަ ދުވަސްތަކެއްގެ ވާހަކަ ތަކެއްވެސް ނޫނެވެ. ލިމްކޮކްވިން ގައި ކިޔެވި އަދި މިހާރުވެސް ކިޔަވަމުންދާ ކުދީންގެ ތެރެއިން އަލީ ވަހީދު ދަންނަ ގިނަ ކުދިންނަށް މިވާހަކަ ތަކުގެ ހަގީގަތް އެނގޭނެއެވެ.
ކުއްލި ގޮތަކަށް ޖެހުނު ބައްޔެއްފަދައިން މައުމޫނަށް ސަޕޯޓުކޮށް، ސަނާކިޔައި، ރެސްލިން މެޗްތަކަށްވެސް އަރަންތައްޔާރޭ ބުނެ ހެދިޔަސް މި އަލީ ވަހީދަކީ ކުރިޔަކުން މިވައްތަރަކަށް އުޅުނު މީހެއް ނޫނެވެ. މީނަޔަކީ މީގެ ކުރިން އިންތިހާޔަށް މައުމޫނުދެކެ ނަފުރަތުކުރާ އަދި އެއްޗިހި ކިޔައި އުޅުނު މީހެކެވެ. އަދި މީނާވަނީ މައުމޫނުގެ މުސްކުޅި ކަމާ ނާގާބިލުކަމާ ކަންތައްތައް ކުރާގޮތުގެ ދޯހަޅި ވާހަކަދައްކާ މައުމޫނު ވެރިކަމުން ބާލަން ބޭނުންވާ ވާހަކަވެސް ދައްކާފައެވެ.
މީނާ ކިޔަވަން އުޅުނުދުވަސް ވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާން ފެށި ދުވަސްވަރެވެ. އަދި ބޭރުގައުމުތަކުގައި ކިޔަވަމުން ދިޔަ ގިނަދިވެހީންނާއި ވަޒަންވެރިވެގެން ތިބި ދިވެހީން ސިޔާސީ ކަންތައްތަކާ ބެހޭގޮތުން ބަހުސް ކޮށް މައުމޫނުގެ ވެރިކަން ބަދަލުކުރެވޭނެ ގޮތަކާމެދު ފިކުރުކުރަމުން ދިޔަދުވަސްވަރެވެ. ސިޔާސީ ބަހުސްތައް ދިވެހީންގެ ތެރޭގައި އެންމެ ބޮޑުވެގެން ދިޔަ އެއްތަނަކީ މެލޭޝިޔާއެވެ. އެގޮތުން ތަފާތު ފޮޓޯތަކާ، ވެބްސައިޓްތަކާ، ބްލޮގްތައް މެލޭޝިޔާގައި ތިބި ބައެއްދިވެހިން އެމީހުން ސަޕޯޓްކުރާފަރާތްތައް ރަމްޒުކޮށް ހަދަމުން ދިޔައެވެ. އަލީ ވަހީދަކީ މީގެ ތެރެއިން ޕުޗޯންގް، ސައިބޭރިޔާ ސަރަހައްދުގައި މައުމޫނާ ދެކޮޅައް އެންމެ ބޮޑަށް އަޑުއުފުލި މީހާއެވެ. މިގޮތަށް މީނާ ކުރި ވަރަށް ގިނަ ބަހުސްތައް ނިމިގެން ގޮސްފައި ހުރީ ޒާތީގޮތުން އެހެންމީހުންނާ ޖެހި ފިތި ބާރުވެގެންނެވެ. ދެމީހުން ދޭތެރޭގައި އޮންނަ އެކުވެރިކަން ކެނޑި ގިނަދުވަސްތަކެއްވަންދެން އެކަކު އަނެކަކު ވާހަކަ ނުދައްކާ އެކަކުއަނެކަކުގެ މެދުގައި ނަފްރަތުކަން އުފެދިގެންނެވެ. މިގޮތުން ކުރެވުނު ގިނަ ބަހުސްތަކުގައި މައުމޫނުގެ ދިފާއުގައި ވާހަކަދައްކާފައިވާ އެކަކީ ރާއްޖޭގެ ގިނަބަޔަކު އަޑު އަހާފައިވާ ހަވީރު ނުހުގެ މަޝްހޫރު ލިޔުންތެރިޔާ މޫސާ ލަތީފެވެ. މޫސައަކީ އަލީ ވަހީދާއެކު އެއްކުލާހެއްގައި ކިޔަވަމުން ދިޔަމީހެކެވެ. ކޮންމެއަކަސް މިމީހުންގެ ދެމެދުގައި ކުރެވުނު ގިނަބަހުސް ތަކެއްގެ ސަބަބުން މޫސަ ވަނީ އޭނާ ކުރިން ދިރިއުޅެމުން ދިޔަ ޕުޗޯންގް ދޫކޮށް ސައިބޭރިޔާ އަށްވެސް ބަދަލުވެފައެވެ. އަދި މޫސަޔާ އަލީ ވަހީދާ ދެމީހުންގެ މެދުގައި ވަރަށް ގަދަޔަށް ޒުވާބުކޮށް ދެމީހުން އެކެކު އަނެކަކާ ވާހަކަނުދައް ކާތަވެސް ވަރށް ގިނަދުވަސްވެސް ވެއްޖެއެވެ. އެހެނަސް މިހާރު އަލީ ވަހީދު މައުމޫނަށް ސަނާކިޔަން ފެށުމުން މޫސައާ ދެމީހުން ޖެހިފައިވާ މައްސަލަތަށް ނިމި އެކުވެރިވާނެ ކަމަށް ބެލެވެއެވެ.
ބެލެވޭގޮތުގައި އަލީ ވަހީދު މައުމޫނަށް ސަޕޯޓުކުރަން މިފެށީ ސަރުކާރުން އޭނާޔާ، އޭނާގެ އާއިލާޔަށް ލިބޭ އިނާޔަތްތަކުގެ ސަބަބުންނާ އަދި ނުފޫޒުގަދަ މަގާމެއްގެ ބޭނުމުގައެވެ. އެހެނީ އޭނާގެ ބައްޕަ އަކީވެސް މައުމޫނުގެ ވަރަށް އަރިސްމީހެކެވެ. އަދި އޮންނަ ގާތްކަމެއްގެ ބޮޑުކަމުން އޭނާގެ ގެވެސް ހަދާފައިވަނީ ސަރުކާރުގެ ހަރަދުގައެވެ.
މައުމޫން 2008ގެ ކެމްޕެއިން ފުރަތަމަބުރަށް ނިންމާލިއިރު އަލީ ވަހީދު ބުނެފައިވަނީ އޭނާ މައުމޫނާ ދެކޮޅައް ވާހަކަ ދައްކާތަން އެއްވެސް މީހަކަށް ނުފެންނާނެކަމެށެވެ. އަދި އެފަދަ ދުވަހަކުން އެނާވާނީ ގަމީހަކަށެވެ. އަލީ ވަހީދެވެ. މިހާރު ތިހިރީ ގަމީހަކަށްވެ ނިމިފައެވެ.
Posted in ސިޔާސީވާހަކަތައް | 1 Comment »
ދާދި މިދާކަށް ދުވަހު ޑރ. ހަސަން ސައީދު ވިދާޅުވެފައިވަނީ މައުމޫނު ދެން ވެރިކަމަށް ވަޑައިގަންފިނަމަ ޤައުމު ހިންގަން ހަވާލުކުރާނީ ޔާމީނާކަމަށެވެ. އެގޮތަށް ޑީއާރޕީ އާއި ޕީއޭ އާ ދެމެދު އެގްރިމަންޓް ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. މިއީ އަޅުގަޑުމެން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. ޕީއޭ ގައި އިސްކޮށް ތިއްބެވި މީހުންނަށް ވިސްނާ ބައްލަވާށެވެ. ޔާމިނުގެ މާބޮޑު ތަޢާރަފެއް ބޭނުންވާނެހެނެއް ނުވެއެވެ.
ޔާމިން އެސްޓީއޯ އަދި ސްޓެލްކޯ ބަލަހައްޓަމުން ގެންދެވި ދުވަސްވަރު މިދެތަނުން އެތައްކަމެއް ނަހަމަ ގޮތުގައި ކޮށްފައިވެއެވެ. ކުރީގެ އެސްޓިއޯ މެނޭޖިންގް ޑިރެކްޓަރ މަނިކަށް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޝުކޫރަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ. ޔާމީނަކީ ޗެއަރމަން ކަމުގައި ވުމުން މި ދެމީހުން ތިބެނީ ވަޒީފާގެ ބިރަށް އަނގަ ބަންދުކޮށްގެންނެވެ. މި ދެމީހުންނަކީ ކުންފުނި ހިންގަވަމުން ނާޒާއިޒް ފައިދާ ނަންގަވާ ދެ މީހުންނެވެ. ކަންމިހެން ހުރުމުން ޔާމީނު ކަމެއް ނިންމެވުން އެއީ ކިތަންމެ ނުރަގަޅު ކަމެއް ކަމުގައިވިޔަސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. މީގެ ކުޑަ މިސާލެއްގެ ގޮތުން އެސްޓީއޯގެ ސައިފަތް ދަނޑާ ސްޓެލްކޯގެ ހެވީ ފިޔުލް ޕްރޮޖެކްޓް ހިމެނެއެވެ. ސައިފަތް ދަޑަށް ވީގޮތް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން އެއޮތީ ފެންނާށެވެ. ސްޓެލްކޯގެ ހެވީފިޔުލް ޕްރޮޖެކްޓުގެ ކަންތައް ދިޔަގޮތް އަޅުގަޑުމެންނަށް އެގޭނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ނިކުތުމުންނެވެ. ޔާމީނު ކައިރި އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ މީހުންގެ ތެރޭގައި މީމުމެންބަރ އަހުމަދު ނާޒިމް ހިމެނެއެވެ. މީނާއަކީ ކާކުކަން މި ޤައުމުގެ ގިނަބަޔަކަށް އެގޭނެއެވެ. މީނާ ސްޓެލްކޯގައި ހުރެގެން ކުރި ވައްކަމުގެ ވާހަކަތައް ރަގަޅުވާނީ ނުދެއްކިއްޔާއެވެ. ސްޓެލްކޯގައި ހެޑް އޮފީސް އިމާރާތް އައިމާ ކޮންސްޓްރަކްޝަން ކަޓުވާލުމަށްފަހު އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރެވުނުގޮތާ، މިކަންކުރުމަށް އަމީން ކޮންސްޓްރަކްޝަނުން ނެގި ފައިސާއާ، 50 މިލިއަން ބަޖެޓް ކަޑައެޅިފައިވާ އިމާރާތަށް 80 މިލިއަން ހޭދަކުރެވުނު ގޮތާ، އިމާރާތް މުއްދަތަށް ނުނިމުމުން އަމީން ކޮންސްޓްރަކްޝަން ދެއްކި ހުއްޖަތާ، ޖޫރިމާނާ ކުރެވުނު ގޮތާ، އިމާރާތުގެ އިންޓީރިއަރ ފުރިހަމަ ކުރުމަށް އަހުމަދު ނާޒިމަށް ހަވާލުކުރެވުނުގޮތާ، އެތައް ބައިވަރު ސަޕްލައިޔަރުންގެ އަތުން ނެގުނު ފައިސާއާ، އިންޖީނުގެއަށް ގަތް ދޯނީގެ ކަންތައް ހިގިގޮތާ، ހަކުރާހުރާ ރިސޯޓް އަބްދުއްލޯ ހަމީދުގެ ނުފޫޒުން ހޯދުނުގޮތާ، ވަގުނޫޓު މޯލްޑިވްސް ބޭންކު ތެރެޔަށް ވެއްދިގޮތާ، ބޭންކަށް ފައިސާ ވެއްދުމަށް ސިފައިންގެ މީހެއްގެ އަނބީމާހާޔާ އޮތްގުޅުމާ، މާލޭގައި ކޮށްފައިވާ އެތަކެއް އިމާރާތާ، ބޭރުގައުމު ތަކުގެ ބޭންކުގައި ރައްކާކުރެވިފައިވާ ފައިސާއާ، ގަނެފައިވާ ގެދޮރުތަކާ މިހެންގޮސް އެތަށްކަމެއްގެ ވާހަކަ ލިޔެވިދާނެއެވެ. މިފަދަ މީހަކު ރައްޔިތުންގެ މަޖްލިސްގައި އިންނަކަމީ ދެރަ ކަމެކެވެ. އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުރުމަކީ އަޅުގަޑުމެން އެންމެން ލަދު ގަންނަންޖެހޭ ކަމެކެވެ. ކުރެވޭނެ ކަމެއް މިއަދަކު ނެތެވެ. އެތަކެއް ފައިސާއެއް ބަހައިގެން މަޖްލިސްގެ ގޮޑީގައި އެއިންނަވަނީ މިކަންތައްތަކުން ރެކިވަޑައިގެންނެވުމުގެ ނިޔަތުގައެވެ.
ޔާމީނުގެ ގާތް މީހެއްގެ ގޮތުގައި ފާހަގަ ކުރެވޭ ފިޔުލް ސްޕަލައިގެ މެނޭޖިންގް ޑިރެކްޓަރު ޒަމީރުގެ ވާހަކަވެސް ލިޔެލުމަކީ މިވަގުތަށް ބޭނުންކަމެކެވެ. މިކުންފުނި އެސްޓީއޯއާ އެކު ޖޮއިންޓް ވެންޗަރ ހެދިފައިވަނީ ސިއްރުވެރި ޑީލެއްގެ ދަށުންނެވެ. ސިންގަޕޫރުގައި އޮންނަ ޒަމީރުގެ ބޭންކް އެކައުންޓުން ޔާމީނުގެ އެކައުންޓަށް ޓްރާންސްފަރ ކުރެވެމުންދާ ފައިސާ އެއީ ކިހިނެއްވެގެން ޓްރާންސްފަރ ކުރެވޭ އެއްޗެއްކަން ދިވެހި ރައްޔިތުންނަށް ބުނެދޭން ޖެހެއެވެ.
ދެން މިބަލާލަން ޖެހެނީ ޔާމީނާ އަދި ނާޒިމާ ގާތްގުޅުމެއް އޮންނަ ރާއްޖޭން ފަގީރުކަން ނައްތާލަން ރަޖިސްޓްރީ ކުރެވުނު ޕާޓިގެ ލީޑަރު އޭދަފުށީ ސަލީމް ނުވަތަ ރެޑްވޭވް ސަލީމަކީ ކާކުތޯއެވެ. އަށްޑިހައިގެ އަހަރުގެ ފަހުކޮޅު ފެހުމުގެ މަސައްކަތް ކުރަމުން އައި މި ސަލީމަށް މުއްސަދިކަން ލިބުނުގޮތާ މެދު ހައިރާން ވާން ޖެހެއެވެ. މީނާގެ ހަގީގަތް އެންމެ ރަގަޅަށް އެގޭނީ އެޓޯލްސް މިނިސްޓްރީގައި އުޅޭމީހުންނަށެވެ. އެޓޯލްސް މިނިސްޓްރީން ރާއްޖެތެރޭގެ ރަށްތަކަށް ކަޑައަޅާފައިވާ ބަޖެތަށް މީނަހެދިގޮތް ވަރަށް ރަގަޅަށް އެގޭ އެތައް ބަޔަކު އެބަ ތިއްބެވެ. އަބްދުއްލޯ ހަމީދާ ގާތްގުޅުމެއް އޮންނާތީވެ މީނަޔަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ސަލީމާ، ނާޒިމާ ގުޅިގެން އެތަކެއް ވައްކަމެއް އެޓޯލްސް ތެރެއިން ކޮށްފައިވެއެވެ. ރަށްރަށަށް ބޮޑު އަގުގައި ޖަނަރޭޓަރާ، ބައްތި ދަނޑިތައް ވިއްކާފައިވެއެވެ. އަދި ހަމަ އެހެންމެ ތޮށިލުމަށޭ ކިޔާ އެތައްހާސް ގޯންޏެއްވެސް ބޮޑުއަގުގައި ވިއްކާފައިވެއެވެ. މީގެ އިތުރުންވެސް އެހެނިހެން ބޮޑެތި ވައްކަންތައް އެޓޯލްސް މިނިސްޓްރީ ތެރެއިން ކޮށްފައިވެއެވެ. މީނާޔަށް ވިލިގިޅިން ގޯތި ލިބުނުގޮތާ، އެތަނުގައި އިމާރާތް ހެދުނުގޮތާ، މާލޭން މިގެ ބަދަލުކުރުމަށް ހ. ފަށަނޭ ކިޔާ ގޯތި ގަންނަން ފައިސާ ހޯދުނުގޮތާ، އެތަނުގައި އިމާރާތް ހެދުނުގޮތާ، ރެޑްވޭވް ފިހާރަތައް ހުޅުވުނުގޮތާ، މާލޭގެ އެތަން މިތަނުން ދިގުމުއްދަތަށް ހަދަން ނަގާފައިވާ ބިންތަކާ، އެތަންތަން ހެދެމުންދާގޮތާ، ވިޔު ބިލްޑާސް ކޮންސްޓްރަކްޝަނުން ހިއްސާގަތް މަގުސަދާ، ރާއްޖޭންބޭރުގެ ބޭންކޮތަކުގައި ހުރިފައިސާ ލިބުނުގޮތާ، ރާއްޖޭން ބޭރުގައި އިމާރާތް ގަނެވިފައިވާ ގޮތްތަކާ، ކަރަޕްޝަން ކަންތައް ފަރާ އެރުމުން ބޯގޮވައިގެން ސިންގަޕޫރަށްގޮސް ސައިކައިޓަރިސްޓަކަށް ދެއްކުމާ، އެބުރި ރާއްޖެއައީ އަބްދުއްލޯހަމީދު ކަރަޕްސަންބޯޑުން ސުވާލުކުރުމުން ތިމަންނާގެ ނަންބުނާށޭ ބުނުމުންކަމާ، ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ހަމީދު އާއި ނާޒިމް ބުނެގެންކަމާ، ބޭނުމީ ކުރިވައްކަންތައް ފޮރުވުން ކަމުގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެގެއެވެ. ފަގީރުކަން ނައްތާލާ ޕާޓީޔޭ ބުނަން ލަދުނުގަންނަކަމާއެވެ!.
ސަރުކާރާ ބައިއަތު ހިފައިގެން މިއަދުތިބުމުން ކަލޭމެނަށް ކަމެއް ނުކުރެވުނު ކަމުގައިވިޔަސް އިންސާފުގެ ކުރިމައްޗަށް ކަލޭމެން ގެނެވޭނެކަން ހަދާން ކުރާށެވެ. ރައްޔިތުންނޭވެ! މިވެރިންގެ އަތަށް ޤައުމުގެ ހުންގާނު ދީފިނަމަ ވާނޭ ގޮތް ތިޔަބޭފުޅުން އަމިއްލަފުޅަށް ވިސްނާލައްވާށެވެ. ޑރ. ހަސަން ސައީދުގެ ނަސޭހަތް އަޑުއެއްސެވުން ނޫން ގޮތެއް ނެތެވެ.
ނޯޓް: މިލިޔުމަކީ ރާއްޖެ ލައިވްގެ ކިޔުންތެރިޔަކު ފޮނުވާފައިވާލިޔުމެކެވެ!
Posted in ސިޔާސީވާހަކަތައް | 1 Comment »